twitterviber whatsapp telegramfacebookyoutube instagram
21st September 2026

މާލޭގައި ހާއްސަ ޒޯންތަކެއްގައި ފީ ދައްކައިގެން ޕާކު ކުރެވޭ ގޮތް ހަދަނީ

ޚަދީޖާ އާދަމް
Apr 22, 2019

ކުރިއަށް އޮތްތަނުގައި މާލޭގައި ޕާކު ކުރުމަށް ހާއްސަ ޒޯންތަކުގައި އިންޖީނު ލީ އުޅަނދުފަހަރު ފީއެއް ދައްކައިގެން ޕާކު ކުރެވޭގޮތް ހެދުމަށް މާލޭ ސިޓީން ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ އިންޖީނުލީ އުޅަނދުފަހަރު ޕާކު ކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައި އެކަނި ކަމަށެވެ.

މިހާރު ވެސް މާލޭގެ އެކި ހިސާބުތަކުގައި ބޮޑެތި ޕާކިން ޒޯނުތައް ހަދާފައިވާއިރު މި އަހަރު އިތުރު ޒޯންތަކެއް ހަދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މާލޭގެ ހުރިހާ މަގެއްގެ ޖުމްލަ ބޮޑުމިނަކީ 39 ހެކްޓަރެވެ. މި ސަރަހައްދުގައި ދުއްވަން 64،000 ސައިކަލާއި 4500 ކާރު/ވޭން ރަޖިސްޓްރީކޮށްފައިވާއިރު ޕިކަޕް/ލޮރީ ފަދަ 2500 އުޅަނދު ދުއްވަ އެވެ.

ޓްރެފިކްގެ މައްސަލަ ހައްލުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ކެބިނެޓަށް ވަނީ ހުށައަޅައިފައިވާއިރު ސިޓީ ކައުންސިލްގެ ވިސްނުން ހުރީ، މަގުތަކުގައި ޕާކުކުރުމުގެ ބަދަލުގައި ޕާކިން ޒޯނުތައް ހަދައި އެ ތަންތަނުގައި ފީ ދައްކައިގެން ޕާކުކުރެވޭނެ ގޮތްތައް ހެދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293