twitterviber whatsapp telegramfacebookyoutube instagram
26th June 2026

މަދިރި ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށި ފޮގް ކުރަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Apr 23, 2019
3

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާތީ މަދިރި ކޮންޓްރޯލްކުރުމަށް ފޮގް ކުރަން ފަށައިފި އެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނީ މަދިރިއަށް ފޮގްކުރުމަށް ހަމަޖެހިފައިވަނީ ތިން ދުވަސް ވަންދެން، ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް މިއަދު ވިދާޅުވެފައިވަނީ ވޭތުވެދިޔަ އެއްވެސް އަހަރުތަކުގައި ނުދާހާ ނުރައްކާ ސްޓޭޖަކަށް ޑެންގީހުން، ކުޅުދުއްފުށީގައި އިތުރުވެފައިވާކަމަށާއި އެހެންވެ ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުވެ ތިބުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ޑެންގީ ޓާސްކް ފޯހުގެ ބައްދަލުވުމެއް ރޭގައި ބާއްވާފައިވާއިރު ޑެންގީ ކޮންޓްރޯލްކުރުމަށް ކުރެވިދާނެ މަސައްކަތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފަ އެވެ. އެގޮތުން ރަށު ތެރެ ފޮގް ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރަމުންދާއިރު ކުރިއަށް އޮތް ތިންވަރަކަށް ދުވަސް ވަންދެން ކޮންމެ ދުވަހެއްގެ ހެނދުނު އާއި ހަވީރު ފޮގްކުރާނެ ކަމަށެވެ.

އަދި މުޅި ރަށު ތެރެ ސާފުކޮށް، މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި ކުލަބު ޖަމިއްޔާތަކުގެ ފަރާތުން އަންނަ ހޮނިހިރުދުވަހު ނިކުންނާނެކަމަށް ލަތީފް ވިދާޅުވި އެވެ. ޑެންގީހުމުގެ ތަފާސް ހިސާބެއް ލަތީފެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރާނީ ހެލްތް އޮފިޝަލުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355