twitterviber whatsapp telegramfacebookyoutube instagram
17th April 2026

ނަރުދޫ ކައުންސިލްގެ ރޯދަ ހަދިޔާ: ފިޔާ ބަސްތާއަކާއި ކޭބަލް ޓީވީ ހިލޭ!

Apr 23, 2019
1

ށ ނަރުދޫ ކައުންސިލުން ރޯދަ އިނާޔަތެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ފިޔާ ބަސްތާއަކާއި އަދި ކޭބަލް ފީ ދައްކައިދޭން ނިންމައިފި އެވެ.

ނަރުދޫގެ އާބާދީގައި 622 މީހުން ދިރިއުޅޭއިރު 85 ގޭބިސީއެއް ހުރެ އެވެ. އެރަށު ކައުންސިލުންގެ ރައީސް އަހުމަދު އާރިފް މިއަދު ކޭއޯއަށް ވިދާޅުވީ، މިއީ ރޯދަ އިނާޔަތެއްގެ ގޮތުގައި ރަށުގެ ހުރިހާ ރައްޔިތުންނަށް ކައުންސިލުން ދޭން ނިންމި ހަދިޔާއެއް ކަމަށެވެ.

އާންމުކޮށް ކޮންމެ ރޯދަމަހަކީވެސް ހަރަދު ބޮޑު މަހެއްކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމަށް ގަބޫލުކުރާ ކަމަށެވެ. މިއީ ނަރުދޫ ކައުންސިލުން ރައްޔިތުންނަށް ރޯދަ ހަދިޔާއެއް ދިނުމަށް ނިންމި ފުރަތަމަ ފަހަރެވެ.

ކޭބަލް ޓީވީގައި ބޭނުންކުރަނީ 380ރ ގެ ޕެކޭޖެއްކެވެ. މި ހުރިހާކަމަކަށް ކައުންސިލްގެ ބަޖެޓުން ބައިލައްކައެއްހާ ރުފިޔާ ހަރަދުވެގެންދާނެކަމަށް އާރިފް ވިދާޅުވި އެވެ.

ކުދި އާބާދީތައް ހިމެނޭ ގިނަ ރަށްތަކެއްގެ ކައުންސިލުންތަކުން އަންނަނީ ރޯދަ އިނާޔަތުގެ ގޮތުގައި އެރަށްރަށުގެ ރައްޔިތުން ތަފާތު އެކި ހަދިޔާ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355