twitterviber whatsapp telegramfacebookyoutube instagram
20th February 2026

ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ

ނަބީލާ އިސްމާޢީލް
Apr 23, 2019

ސްރީލަންކާއިން ދެ ދިވެއްސަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާކަމަށާއި ނަމަވެސް އެ ދެމީހުން މިހާރު ފެނިފައިވާކަމަށް ލަންކާ އެމްބަސީ ހާމަކޮށްފި އެވެ.

ލަންކާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ އަސްލަމް ޝާކިރު އޮންލައިން ނޫސް ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވާގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އެ ދެ މީހުން އެމްބަސީއަށް ދިޔައީ ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާ ބެހޭ މައުލޫމާތު ސާފު ކުރުމަށެވެ. އަދި އެ ދެ މީހުންގެ ހުރިހާ ޑޮކިއުމެންޓެއް އެމްބަސީގައި އެބަހުރި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖެއެމްވީ ގައި ބުނާގޮތުން ގެއްލިގެން އުޅުނު ދެ މީހުންގެ ޙަބަރެއް ނުވެގެން އެ ދެ މީހުންގެ އާއިލާއިން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެ ޙަބަރުގައިވާގޮތުން ލަންކާ އެމްބަސީން ބުނާގޮތުން ގެއްލިގެން ހޯދަމުންދާ މައުސޫމާ އާއި އޭނާގެ ފިރިމީހާ އާއި ގުޅިފައިވާކަމަށާއި އެދެމީހުން ތިބީ އެއާޕޯޓަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ.

އާދީއްތަ ދުވަހު ލަންކާގައި ބޮންގޮއްވާލާ ދިން ޓެރަރިސްޓް ހަމަލާގައި މިހާތަނަށް 310 މީހުން މަރުވެފައިވާއިރު އެ ހަމަލާ ދިންކަމުގެ ތުހުމަތުގައި 40 މީހަކު މިހާތަނަން ވަނީ ހައްޔަރުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355