twitterviber whatsapp telegramfacebookyoutube instagram
22nd February 2020

ޕަބްޖީ ކުޅޭ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް އުރީދޫން ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Apr 24, 2019

އުރީދޫ އިން މޮބައިލް ގޭމް ކުޅުންތެރިންނަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގައި މަގްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ހާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފަ އެވެ.މީގެތެރޭގައި ޕަބްޖީ ކުޅުންތެރިންނަށް އެންމެ އުފާވެރި ހަބަރަކަށް ވެގެންދާނީ އެންމެ 250ރ އަށް ލިބިގެންދާ ޕަބްޖީ އަންލިމިޓެޑް ޕެކޭޖެވެ.

އޫރިދޫގެ ސީއީއޯ ނަޖީބު ހާން ހާމަކުރިގޮތުގައި ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަގުބޫލުކަން ހޯދާފައިވާ އެއް ގޭމު ކަމަށާއި އަދި މި ގޭމު ކުޅުމުގައި އާއިލާ އާއި ރައްޓެހިންނާއެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން ހޭދަކުރަމުންދާ ކަމަށެވެ.

އުރީދޫގެ 4ޖީ+ ނެޓްވަރކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތައް އެހީތެރިވެ އެކުވެރިންނާއި އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްދޭނެ ކަމުގައެވެ.

ޕަބްޖީ މޮބައިލް ކުރުމަށް ހާއްސަ ޑޭޓާ އެލަވަންސްތަކާއި އެކު އުރީދޫ އިން ވަނީ ތިން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އޭގެތެރޭގައި ޕަބްޖީ 50ޕެކް 50 ރުފިޔާއަށް ލިބޭއިރު ހިލޭ އެއް ޖީބީ ހަފްތާއަކަށް ލިބޭނެއެވެ. ޕަބްޖީ100 ގެ ޕެކް 100 ރުފިޔާއަށް ލިބޭއިރު 2 ޖީބީ އެއް މަސްދުވަހަށް ލިބޭނެއެވެ. މީގެ އިތުރުން ޕަބްޖީ އަންލިމިޓެޑް ޕެކޭޖް 250ރ. އަށް ލިބޭއިރު މި ޕެކޭޖްގެ މުއްދަތަކީ އެއް މަސްދުވަހެވެ. މި ޕެކޭޖުގައި ޑޭޓާ ވަނީ އަންލިމިޓެޑް ކޮށްފައެވެ.

ޕަބްޖީ ޕެކޭޖްތަށް ހިޔާރުކުރުމަށް މައި އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސް.އެމް.އެސް ކުރުމުން ޕެކޭޖް އެކްޓިވް ވާނެކަމަށް އުރީދޫއިން ބުނެއެވެ. އަދި *929*5*1# އަށް ގުޅާލުމުންވެސް ފަސޭހަކަމާއި އެކު މި ހިދުމަތް ހިޔާރުކުރެވޭނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355