twitterviber whatsapp telegramfacebookyoutube instagram
22nd September 2026

25 އަހަރު ފުރުމުން ނަގާ ގޮތަށް އަފީފުއްދީން ސްކޫލުގައި ޓައިމް ކެޕްސޫލެއް ވަޅުލައިފި

އަބްދުލް ވާހިދު ޙަސަން
Apr 25, 2019
6

އަފީފުއްދީން ސްކޫލަށް ފަނަރަ އަހަރު ފުރުމާ ދިމާކޮށް އެ ސްކޫލު ގޯތި ތެރޭގައި ކެޕްސޫލެއް ވަޅުލައިފި އެވެ.

ކުޅުދުއްފުށީގައި އެންމެ ފަހުން ހުޅުވި ސްކޫލަށް 25 އަހަރު ފުރުމުން ނަގާގޮތަށް ވަޅުލި މި ކެޕްސޫލް، ވަޅުލީ މިއަދު އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހު އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ. ކެޕްސޫލް ވަޅުލާދެއްވީ ޝަރަފްވެރި މެހެމާނާއި ޕްރިންސިޕަލް ނާސިހާ އިދުރީސް އަދި ފީޓީއޭގެ އިސް ބޭފުޅުންނާއި ބޯޑްގެ ޗެއާޕާޝަން އެވެ.

ދަރިވަރުންނާއި މުވައްޒަފުންގެ ޝުއޫރު އަޅާފައިވާއިރު މި ކެޕްސޫލުގައި ގާތްގަނޑަށް ދެ ފޫޓް ހުންނާނެ އެވެ. މިކެޕްސޫލްގައި އެތަކެތި ބަހައްޓާފައިވަނީ ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ ގޮތަށް ހެދުމަށް ފަހު ގަ އެވެ. އަދި ފަނިފަކުސާ ފަދަ ތަކެތި ރައްކާތެރިކުރުމުގެ ގޮތުން ކެމިކަލްވެސް ޖަހާ ފައިވެ އެވެ.

އަފީފުއްދީން ސްކޫލަށް 15 އަހަރުން ފުރުމުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއްވަނީ ރޭވިފަ އެވެ. އެގޮތުން ދުވުމާއި މަސްރޭސް ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293