twitterviber whatsapp telegramfacebookyoutube instagram
16th August 2026

ވިލާ ކޮލެޖާއި މޮސް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

Apr 28, 2019

ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ (މޮސް) އާއި ދެމެދު އެކި ޕްރޮޖެކްޓު ތަކާއި ބެހޭ މައުލޫމާތާއި އިންޑަސްޓްރިއާއި ބެހޭ މައުލޫމާތު ދަރިވަރުންނާއި ހިއްސާކުރުމުގައި ދެފަރާތުން އެއްބާރުލުން ދިނުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.

މި އެމްއޯޔޫގެ ދަށުން ހާއްސަ ގޮތެއްގައި ދެފަރާތުގެ އެއްބާރުލުމާއި އެއްކޮށް އިންފޯމޭޝަން ޓެކްނޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް މި ދާއިރާއަށް ކޮންމެހެން މުހިންމު އިލްމީ އަދި ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ހިންގޭނެ ހަރަކާތްތައް ރޭވިގެންދާނެއެވެ.

އެގޮތުން ދަރިވަރުންގެ އެސައިންމަންޓްތަކާއި ޕްރޮޖެކްޓްތައް އިހްތިޔާރުކުރުމުގައި އެހީތެރިވުމާއި މި ދާއިރާގެ ފަންނީ ރިކުއަރމަންޓްތަކަށް ދަރިވަރުން އަހުލުވެރި ކުރުމުގެ އިތުރުން ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމާއި އެއަށް އަހުލުވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން އިންފޯމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން އިތުރަށް ދިރާސާ ކުރުމުގައިވެސް ވިލާ ކޮލެޖާއި މޮސްގެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރެވެ. މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޔޫސުފް އަބްދުﷲ ޝުނާނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355