twitterviber whatsapp telegramfacebookyoutube instagram
19th May 2024

ރޯދަމަހަށް ގެންނަ ހާފިޒުންނަށް ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފި

ޚަދީޖާ އާދަމް
Apr 29, 2019
1

މި އަހަރު ރޯދަމަހަށް ހާއްސަކޮށް ގެންނަ ބޭރުގެ ހާފިޒުންނަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ރޯދަ މަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސާފައިވާއިރު މި އަހަރު ހާފިޒުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހާއްސަ ވިސާއެއް ވަކި މުއްދަތަކަށެވެ.

އިމިގްރޭޝަނުން "މިހާރު" އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ހާފިޒުންނަށް ދޫކުރާ ހާއްސަ ވިސާ ހޯދަން އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ބޭނުން ވާނެ ކަމަށާއި މި ވިސާ ހޯދުމަށް 5 ދުވަސް ކުރިން އެޕްލައިކުރަން ޖެހޭނެ ކަމަށެވެ.

އަދި މި ވިސާ ލިބޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކަށް ކަމަށާއި މީގެ އިތުރުން ބޭރުގެ ހާފިޒުންނާއި ގާރީންނަށް މި ފަހަރު ދޫކުރާ ހާއްސަ ވިސާ އަށް އެދި ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހޭއިރު އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ކުލަ ކޮޕީ އާއި އެ މީހަކީ ހިފްޒުކޮށް، ތަރާވީހު ނަމާދުކުރަން ގެންނަ މީހެއްކަން އެނގޭނެ ސިޓީއެއް ހިމެނެ އެވެ. އަދި، ރާއްޖެ އަށް އެ ހާފިޒަކު ގެންނަނީ ޖަމިއްޔާއަކުން ނަމަ އެ ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ.

ކޮންމެ ރޯދަ މަހަކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާމުވެ ތަރާވީހު ކުރުމަށް ބޭރުގެ ހާފިޒުންނާއި ގާރީން ގެންނަމުން ދެ އެވެ. ގިނަ ރަށްރަށް ހާފިޒުން ގެންނަނީ އެ ރަށެއްގެ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355