twitterviber whatsapp telegramfacebookyoutube instagram
3rd August 2025

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Apr 30, 2019

މި އަހަރުގެ ރޯދަމަހަށް ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ރާއްޖެއަށް ސައުދީން ކަދުރު ހަވާލުކޮށްފައިވާއިރު ރާއްޖެއަށް ލިބުނު ކަދުރާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ރާއްޖެ އަށް ލިބުނު ހަވާލު ކޮށްދެއްވީ މާލޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްބަސީގެ ޗާޖް ޑި އެފެއާޒް މެތުރިކް އަލް ދޮސާރީ އެވެ.

މި ކަދުރު ރޯދަމަސް ފެށުމުގެ ކުރިން ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބެހޭ ވަރު ނުވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގ ކުރިން ސައުދީ ފިޔަވާ އެހެން ބައެއް ގައުމުތަކުންވެސް ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު މި ފަހަރު ވެސް އެހެން ފަރާތްތަކުން އިތުރު ކަދުރު ހަދިޔާކުރާނެ ކަމަށް އުއްމީދުކުރައްވާ މިނިސްޓްރީން މައުލޫމާދު ދެއެވެ.

އެގޮތުން ލިބޭ ކަދުރު ވެސް ހަމަ ލިބޭ އިރަށް ބަހާނެ ކަމަށް ވެސް މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355