twitterviber whatsapp telegramfacebookyoutube instagram
24th September 2026

ޗެމްޕިއަން ޓީމަށް 20،000ރ، މިސްޓަރ ބައިބަލާއަށް ޖީއެން ސައިކަލެއް

ޚަދީޖާ އާދަމް
Apr 30, 2019

ފިތުރު އީދާ ދިމާކޮށް ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް "ކުޅުދުއްފުށީ ބައިބަލާ ޗެލެންޖު" އިއުލާންކޮށްފި އެވެ.

ބޮޑު މަގުބޫލްކަމެއް ލިބިފައިވާ މި މުބާރާތަށް މި އަހަރު ވަނީ އެހެން އަހަރުތަކާއި ހިލާފަށް ހާއްސަ އިނާމެއް ހުށައަޅާފައެވެ. އެގޮތުން މިސްޓަރ ބައިބަލާއަށް ހޮވޭ ފަރާތަކަށް މި އަހަރު ޖީއެން 125 ސައިކަލެއް ލިބިގެން ދާނެ އެވެ. އަދި ޗެމްޕިއަން ޓީމަށް އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ވަނީ ވިހިހާސް ރުފިޔާގެ އިނާމެއް ހުށައެޅިފަ އެވެ.

ބައިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު ނަންނޯޓު ކުރުން ކުރިއަށް ދާނީ މެއި 15 ހަމައަށެވެ. އަދި މި އަހަރު ގަވައިދަށް ގެނައި ބަދަލާއެކު ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރުން 3 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވަނީ ދީފައެވެ.

މި އަހަރުވެސް ބެސްޓް އެޓޭކިން ޕްލޭޔާރ، ބެސްޓް ޑިފެންސިވް ޕްލޭޔާރ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ފިތުރު އީދުގެ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވަ މި މުބާރަތުގައި ނަންނޯޓު ކުރުމަށް ގުޅާނީ 9990522/9979971 މި ދެ ނަންބަރަށެވެ.

މި މުބާރާތަކީ 2014 ވަނަ އަހަރުން ފެށިގެން ފިތުރު އީދާ ދީމާކޮށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެންމެ ތަރުހީބު ބޮޑުއެއް މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293