twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރޯދަ ބޮޑު ބާޒާރު ފަށައިފި

އަބްދުލް ވާހިދު ޙަސަން
May 2, 2019

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ސޭލް ފަށައިފި އެވެ. އަފީފުއްދީން ސްކޫލުގައި ކުރިއަށްދާ މި ރޯދަ ސޭލް ހުޅުވައިދެއްވީ ވިޔަފާރިވެރިންނެވެ.

ބާޒާރު ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަން އިންތިޒާމުކުރާ އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަޒްނާ އިބުރާހިމް ވިދާޅުވީ، އަންނަ އަހަރުވެސް ބާޒާރު ބާއްވަން ނިންމާފައިވާ ކަމަށާއި މިއަހަރުގެ ބާޒާރަށްވުރެ އަންނަ އަހަރުގެ ބާޒާރު ހުރިހާ ގޮތަކުންވެސް ފުރިހަމަކުރަން މަސައްކަތްކުރާނެ ކަމަށެވެ.

ބާޒާރުގެ 12 ސްޓޯލެއްގައި މުދާ ވިއްކާއިރު ރޯދައާ ގުޅުން ހުރި ބަދިގެ ސާމާނު ގިނަ ސްޓޯލްތަކެއްގައި ހުރިންކަން ފާހަގަކުރެވެ އެވެ. ވިޔަފާރިވެރިން ބުނީ ރޯދައަށް ބޭރުން ގެނައި މުދާވެސް ސޭލްގައި ހުންނާނެ ކަމަށާއި އަދި މުދާ އަގުހެޔޮވެސް ވާނެކަމަށެވެ.

މިބާޒާރުގައި ރޯދައަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެއްތަނަކު އަގުހެޔޮކޮށް ލިބިގެންހުރިއިރު ކޮލިޓީ މުދާވެސް ހެޔޮއަގުގައި ހުރިކަން ފާހަގަކުރެވެ އެވެ. ކަމަށެވެ. ބަދިގޭ ސާމާނުގެ އިތުރުން، އަންނައުނާ، އިތުރު ބައެއް ސާމާނުވެސް ލިބެން އެބަހުއްޓެވެ.

މި ރޯދަ ބާޒާރު ހަތަރުދުވަހަށް ދެމިގެންދާއިރު މި ބުރާސްފައްޗާއި ހުކުރު ދުވަހު ސޭލް ކުރިއަށްދާނީ ހަވީރު އާއި ރޭގަނޑު އެވެ. ސޭލްގެ އެންމެ ފަހު ދުވަސްކަމަށްވާ ހޮނިހިރު ދުވަހު ބާޒާރު ހުޅުވިފައިހުންނާނީ ހެނދުނު 9 އަކުން ފެށިގެން ހަވީރު 6 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355