ރޯދަމަހަށް ތައްޔާރުވުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ އާދިއްތަ ދުވަސް ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިޙް މިއަދު ނިންމަވައިފި އެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އެކަމަކު ހަނދު ބެލުން އޮންނާނީ ހޮނިހިރު ދުވަހު ރޭ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް އެގޮތަށް ނިންމެވީ ރޯދަ މަހަށް ތައްޔާރުވުމަށް އާންމުންނަށް ވަގުތު ދިނުމަށެވެ.
ކަލަންޑަރުގައި ވާ ގޮތުން ހޯމަ ދުވަސް ރޯދައަށް ވެއްޖެ ނަމަ، މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަސް ސަރުކާރު ބަންދުވާނެ އެވެ.