twitterviber whatsapp telegramfacebookyoutube instagram
19th May 2024

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ދަސްކޮށްދިނުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގަނީ

އަބްދުލް ވާހިދު ޙަސަން
May 8, 2019
2

ތުތިބޯވަދިލަމަހުގެ(ޑައިމެންޑް ބެކް ސްކުއިޑް) މަސްވެރިކަން ދަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އަންނަ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ދެ ދުވަހުގެ ނިޔަލަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އުޅޭ ތުތިބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމުގެ ގޮތުން މަސްވެރިން މިކަމަށް ތަމްރީނުކުރުމުގެ މަޤްސަދުގައި މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.މި ޕްރޮގްރާމު ކުރިއަށްދާނީ ތިއަރީ ސެޝަންތަކާއި އަމަލީ ސެޝަންތަކާއެކުގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށާއި އަދި މިހާރު ވެސް މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމާއި އައިޑީ ކާޑްގެ ކޮޕީއާއެކު ޖޫން 13ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެ އެވެ.

ދިވެހި މަސްވެރިންގެ އަަތުން މިފްކޯ އިން ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރުފިޔާ އަށެވެ. ދިވެހި މަސްވެރިން އަތުން ގަނެފައިވާ ތުތިބޯވަދިލަމަސް ރޯދައާ ދިމާކޮށް މިފްކޯއިން ވަނީ ބާޒާރަށްވެސް ނެރެފަ އެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތައާރަފް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި ސަރުކާރުން ވަނީ ތުތިބޯވަދިލަމަސް ކުރަން ބޭނުންވާފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތަކާއި އެ މަސްވެރިކަން ކުރަން ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355