twitterviber whatsapp telegramfacebookyoutube instagram
17th September 2025

ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ ފަރާތްތައް ހޯދަން އިއުލާނުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 10, 2019

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުދިންނަށް ނާސްތާ ދޭނެ ފަރާތްތައް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އަޖުމަ ބެލުމުގެ ގޮތުން މިހާރުވެސް 25 ސްކޫލެއްގައި ނާސްތާ ޕްރޮގުރާމު ފަށައިގެން ދަނީ ކުރިއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ބާކީ 188 ސްކޫލަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދުމަށެވެ. އެ ބީލަމަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ނަންނޯޓު ކުރެވޭނެ އެވެ.

ނާސްތާ ފޯރުކޮށްދޭން ބޭނުންވާ ސްކޫލެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ނަން ނޯޓު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އިތުރު ސްކޫލުތަކަށް ނާސްތާ ފޯރުކޮށްދިނުމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 19 ވަނަ ދުވަހު އޮންނާނެ އެވެ. އެ އަށް ފަހު ބީލަން ހުޅުވާނީ މި މަހުގެ 23 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355