twitterviber whatsapp telegramfacebookyoutube instagram
6th December 2025

ރޯދަމަހު ކުޅުދުއްފުށީގެ މަގުތައް ބެލެހެއްޓުން ވަނީ އިތުރު ކުރެވިފައި: ފުލުހުން

އިބްރާހިމް ހަމީދު
May 10, 2019
3

ރަމަޟާންމަހާ ދިމާކޮށް ކުޅުދުއްފުށީގެ މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުން އިތުރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީގައި ކޮންމެ ދުވަހެއްގެ ހަވީރު ގިނަ އަދަދެއްގެ ވެހިކަލް މަގުމައްޗަށް ނިކުންނާތީވެ އެގަޑިތަކުގައި މަގުމަތި ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއްދީގެން ފުލުހުން މަސައްކަތް ކުރަމުން ދާނެކަމަށެވެ.

އިތުރަށް މީޑިޔާ އޮފިޝަލް ވިދާޅުވީ ރޯދައިގެ ކުރީން ފުލުހުން ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަން ތަކުގެ ސަބަބުން ރޭގަނޑުގެ ގަޑީގައި ރޭސްޖެހުމާއި ސައިލެންސަރު ފަޅައިގެން ދުއްވުން ކޮންޓުރޯލް ކުރެވިފައިވާ ކަމަށެވެ.

ކޮންމެ ރޯދަމަހަކުވެސް ހަވީރުގެ ވަގުތުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ފިނި ބުރު ޖެހުމަށް ނިކުމެ އެވެ. އެހެންވުމުގެ ސަބަބުން އެހެން މަސްމަހާއި އަޅާ ބަލާއިރު ރޯދަމަހުގެ ހަވީރުގެ ވަގުތުގައި މަގުމަތީގެ ކާރުބާރު ބޮޑުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355