twitterviber whatsapp telegramfacebookyoutube instagram
16th August 2026

ލޯކަލް މާރުކޭޓް ގޮޅިތަކުގެ ގުރުއަތުލުން މާދަމާ

ޚަދީޖާ އާދަމް
May 12, 2019
1

ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށައެޅި ފަރާތްތަކުގެ މެދުގައި މާދަމާ ގުރުއަތު ނެގުމަށް ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ގޮޅިތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ލެވޭ ގުރުއަތުލުން 13 މެއި 2019 ވާ ހޯމަ ދުވަހުގެ 21:30 ގައި ނޯތު އޮފީސް ކޮމްޕްލެކްސްގައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގޮޅިތަކަށް އެދި ޖުމްލަ 60 ބޭފުޅުން ފޯމު ހުށައަޅާފައިވާއިރު މާރުކޭޓުގައި ހިމެނެނީ 32 ގޮޅި އެވެ. ގުރުއަތުލުމުގައި ބައިވެރިވެވެން ނެތް ފަރާތްތަކުގެ ގުރުއަތުލުމުގައި ބައިވެރިވާނީ އެކަމަށް ކަނޑައަޅާފައިވާ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ މުވައްޒަފެކެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވާން އަންނަ ފަރާތަކުން އެފަރާތުގެ އައިޑީކާޑު ގެނައުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ލޯކަލް މާރުކޭޓު ހުޅުވާފައިވަނީ މިދިޔަ މާޗު މަހު 19 ވަނަ ދުވަހު އެވެ. މާރުކޭޓުގައި އޮފީސް ބަޔަކާއި ފާހާނާވެސް ވަނީ ގާއިމުކުރެވިފަ އެވެ. މާރުކޭޓްގެ ގޮޅިތައް ދޫކުރުން ލަސްވެގެން ގޮޅިތަކަށް ކުރިމަތިލީ ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355