twitterviber whatsapp telegramfacebookyoutube instagram
21st June 2026

މޮޅަދޫ ބަނދަރު ޑިޒައިންކޮށް، ހަދާނެބަޔަކު ހޯދަނީ

May 12, 2019

ހއ މޮޅަދޫ ބަނދަރު ޑިޒައިންކޮށް އެތަން ހަދާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރ ކުރިއަށް ގެންދާ މިޕްރޮޖެކްޓަށް ބިޑް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫންމަހު 10 ވަނަ ދުވަހެވެ.

އެގޮތުން މި އަހަރުގެ ބަޖެޓްގައި ވެސް ވަނީ މޮޅަދޫ ބަނދަރު މަޝްރޫއު ވަނީ ހިމަނާފަ އެވެ. އެގޮތުން ބަނދަރުގެ މަޝްރޫއަށް 13 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ އަތޮޅުގައި މިހާތަނަށް ބަނދަރެއް ހަދާފައި ނުވާ ހަމައެކަނި ރަށަކީ މޮޅަދޫ އެވެ.

މޮޅަދޫގައި ޒަމާނީ ބަނދަރެއް ހަދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355