twitterviber whatsapp telegramfacebookyoutube instagram
20th April 2026

މިއަހަރު 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރެވޭނެ: މަހުލޫފް

އަބްދުލް ވާހިދު ޙަސަން
May 14, 2019
3

މިއަހަރުގެ ތެރޭގައި 50 ހަކަށް ރަށުގައި އައުޓްޑޯ ޖިމް ގާއިމްކުރައްވާނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރެންދޫގައި އޮންނަ ކަހަލަ ރީތި ފުޓްބޯޅަ ދަނޑެއް އެޅުމަށް ގިނަ ރަށްތަކަކުން އެދިފައިވާ ކަމަށެވެ. އެކަމަކު އަންހެން ބޭފުޅުން އެދެނީ އައުޓްޑޯ ޖިމް ގާއިމްކުރުމަށްކަމަށެވެ.

އެހެންވެ އިރާދަކުރެއްވިއްޔާ މިއަހަރު 50 ވަރަކަށް ރަށުގައި އައުޓްޑޯ ޖިމް ގާއިމުކުރެވޭނެ ކަމަށެވެ. އަދި ކުޅިވަރުގެ އިތުރުން މުޖުތަމައު ބާރުވެރިކުރުމަށް ރަނގަޅު ޕްރޮގުރާމެއްވެސް ދަނީ އެކުލަވާލަމުންކަން މިނިސްޓަރ މަހުލޫފް ވަނީ ފާހަގަކުރައްވާފަ އެވެ.

މީޑިއާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވެފައިވަނީ މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑުއެޅުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355