twitterviber whatsapp telegramfacebookyoutube instagram
20th April 2026

އަންހެން މީހާއަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ޝިދާތާ

އަބްދުލް ވާހިދު ޙަސަން
May 16, 2019

ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލަ ހިންގި ފަރާތްތަކުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް މިނިސްޓަރ އޮފް ޖެންޑާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ. ފެންމަތިވެއްޖެ އެވެ.

އުމުރުން، 50 އަހަރުގެ މީހާ ބަނދެ، އަނިޔާކުރި މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވުމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރީ ބޮލަށް ގޯންޏެއް މަހާފަ އެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުމާއެކު އެ މީހާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.



ކައިވެންޏެއްކޮށް އުޅޭ އެ އަންހެން މީހާގެ 5 ކުދިން ތިބޭއިރު އާއިލާގެ މީހުންވެސް އެރަށުގައި ދިރިއުޅެ އެވެ. އެ މީހާގެ ފަސް ދަރިންގެ ތެރެއިން 18 އަހަރު ފުރިފައިވާ ބައެއް ކުދިންނަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންކަމުން އެ މީހާ ދިރިއުޅެނީ ފިރިމީހާއާއެކު ވަކިން ގެޔެއްގައި ކަމަށް މައުލޫމާތުލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355