twitterviber whatsapp telegramfacebookyoutube instagram
16th August 2026

ފިނޭގައި އަނިޔާކުރި މީހާގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅައިފި

އިބްރާހިމް ހަމީދު
May 16, 2019

ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލަ ތަހުގީގްކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ ފޭދޫގައި އަންހެނަކަށް ރަހުމް ކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަހުޤީޤު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އުމުރުން 50 އަހަރުގެ މި އަންހެން މީހާ ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލަ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގަ އެވެ. ސޯޝަލް މީޑީއާގައި ދައުރުވި އެ ފޮޓޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރީ ބޮލަށް ގޯންޏެއް މަހާފަ އެވެ.

މިނިސްޓަރު ސިދާތާ ވިދާޅުވެފައިވަނީ މިމައްސަލަ ތަހުޤީޤު ކޮށްދިނުމަށް އެދި މިހާރުވާނީ ފުލުހުންނަށް ހުށަހަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކޮށް އެކަމުގެ އަދަބު ނުލިބޭނެކަމަށް ގަބޫލުކުރާ ވިސްނުން ނިމުމަކަށްގެންނަން ޖެހޭ ކަމަށެވެ.

އެ އަންހެން މީހާއާއި އެމީހާ އަންހެން ދަރިޔަކު ދައުލަތުގެ ބެލުމުގެ ދަށުން މިއަދު ކުޅުދުއްފުއްޓަށް ގެނެސް ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355