twitterviber whatsapp telegramfacebookyoutube instagram
18th September 2026

ޖަރުމަނުގައި އުދުހޭ ޓެކްސީގެ ހިދުމަތްދޭން ތައްޔާރުވަނީ

ޚަދީޖާ އާދަމް
May 19, 2019
1

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލިލިއަމް ކުންފުނިން އުފައްދާފައިވާ އެއާރ ޓެކްސީގެ ފުރަތަމަ ޓެސްޓް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

އެއްގަމުގައި ދުއްވާ ޓެކްސީތަކާއި އެއްގޮތަށް މީހުން އުފުލާގޮތަށް ފަރުމާކޮށްފައިވާ މި ޓެކްސީގެ ސަބަބުން ޓްރެފިކްގެ މައްސަލަތަކާއި މަގުތަކުގައި ކާރޫބާރު ބޮޑުވުމުގެ މައްސަލަ ހައްލުވާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ލިލިއަމް ޖެޓް ގެ ނަމުން ނަންދެވިފައިވާ މި އުޅަނދުން ފުރަތަމަ ޓެސްޓް ދަތުރު ކޮށްފައިވަނީ މި މަހު ކުރީކޮޅު އެވެ. މި ކާރަކީ އިލެކްޓްރިކް ކާރެކެވެ. ޖުމްލަ 5 ސީޓް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ކާރުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. އަދި ކާރު ފަރުމާކުރުމުގެ މަސައްކަތް ނިންމުމަށްފަހު ކާރު ހެދުމުގެ މަސައްކަތް އެ ކުންފުނިން ނިންމާފައިވަނީ ދެ އަހަރުގެ ތެރޭގައެވެ.

ގަޑިއަކު 185 މޭލަށް ދުވުމުގެ ގާބިލްކަން ލިބިފައިވާ މި ކާރުތަކުގައި އަޅާފައި ހުންނަނީ 36 ޖެޓްގެ އިންޖީނެވެ. އެގޮތުން މި ކާރުތަކުގެ ދަތުރުތައް ފެށުމާއެކު ކާރުތަކުގެ މައުލޫމާތާއި، ދަތުރު ކުރާގޮތް އަދި ލޭންޑިން ޕެޑްތައް ހޯދުމަށައި ކާރުތަކަށް ކަނެޓްވުމަށް ހާއްސަ އެޕްލިކޭޝަން އުފައްދާނެ އެވެ. ނަމަވެސް ކާރުތައް ލޯންޗު ކުރާނެ ގައުމުތަކެއް އަދި އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293