twitterviber whatsapp telegramfacebookyoutube instagram
20th April 2026

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ފުލުހަކު މަރުވެއްޖެ

May 19, 2019
2

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ފުލުހަކު މަރުވެއްޖެ އެވެ. ފުލުހުންގެ މީޑީޔާއިން ބުނެފައިވަނީ މަރުވީ ކޯޕްރަލް ސިމްރާހް އަލީ (31އ) ކަމަށެވެ. ސިމްރާހް އަލީ އަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ފުލުހެކެވެ.

ސިމްރާހްއަށް ސްޓްރޯކެއް ޖެހިފައިވަނީ ކުޅުދުއްފުށީގައި ހުއްޓަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ މާލެ ގެންގޮސް އޭޑީކޭ ހޮސްޕިޓަލްގައި ދިޔައީ ފަރުވާ ދެމުންނެވެ.

ސިމްރާހް މަރުވީ މިއަދު އިރުއޮއްސުނުތަނާ އެވެ. އޭނާ ނިޔާވިއިރު އަތްބަނކު ހުރެ އެވެ. އޭނާގެ އާއިލާގައި މަންމަ އާއި ބައްޕަގެ އިތުރުން ފަސް މެމްބަރުން ތިބެ އެވެ. ސިމްރާހްއަކީ އެންމެ ހަގުން ދެވަނަ އެވެ.

ސިމްރާހުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނަނީ މިރޭ 11:30 ގައި އާސަހަރާ މިސްކިތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355