twitterviber whatsapp telegramfacebookyoutube instagram
12th July 2026

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކެޕެޓޭރިއާއަކާއި ގިފްޓް ޝޮޕެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ނަބީލާ އިސްމާޢީލް
May 20, 2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކެފެޓޭރިއާއަކާއި ގިފްޓް ސޮޕެއް ތަރައްގީކުރުމަށް ހުޅުވާލައިފި އެވެ. މި މަހު 13 ވަނަ ދުވަހު ހުޅުވާލާ ރަޖިސްޓްރީ ވުމުގެ ގަޑިވަނީ މިއަދުގެ 13:00 ގައި ހަމަވެފަ އެވެ.

އެ އިއުލާނުގައި ވާ ގޮތުން ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދު 9:00 ން 13:00 އަށް ހޮސްޕިޓަލުގެ އޮފީހުގައެވެ. އަދި ޕުރީބިޑް މީޓިންގް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު 10:00 ގައެވެ. ޕުރޮޕޯސަލް ހުށައެޅުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު 10:00 ގައެވެ.

އިއުލާނުގައިވާ ގޮތުން މި ބިޑްގައި ބައިވެރި ވެވޭނީ ހަމައެކަނި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކުޅުދުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގެ ގިނަ ގިނަ ރައްޔިތުން ތަކެއް ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355