twitterviber whatsapp telegramfacebookyoutube instagram
19th May 2024

ކުޅުދުއްފުށީ ކެމްޕަހުގައި ހެދި އޮޑިޓޯރިއަމް ބޭނުންކުރަން ފަށައިފި

- މި އޮޑިޓޯރިއަމްއަކީ 160 މީހުންގެ ޖާގައިގެ އިމާރާތެއް

އަބްދުލް ވާހިދު ޙަސަން
May 21, 2019

ކުޅުދުއްފުށީގައި ހުންނަ ޤައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި އިމާރާތްކުރި އޮޑިޓޯރިއަމް ނިންމާ ބޭނުންކުރަން ފަށައިފި އެވެ. މި އޮޑިޓޯރިއަމްއާއެކު ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވަނީ ތިން ބުރީގެ ކުލާސް ރޫމް ބުލޮކެއްވެސް ހަދަފަ އެވެ.

އެސް.ޖޭ ކޮންޓްރަކްޝަނާ 2016 ވަނަ އަހަރު ހަވާލުކޮށްގެން ހެދި މި ދެ އިމާރާތުގެ ތެރެއިން ކުލާސް ރޫމް ބުލޮކް ނިންމާ ބޭނުންކުރާތާ ވަނީ ދުވަސްކޮޅެއްވެފަ އެވެ. ނަމަވެސް އޮޑިޓޯރިއަމްވެސް މަސައްކަތް މުޅިން ނިންމާލެވި ބޭނުންކުރަން ފެށިފައިވަނީ މިމަހު އެވެ.

160 މީހުންގެ ޖާގައިގެ މި އޮޑިޓޯރިއަމް ބޭނުންކުރަން ފަށާފައިވާއިރު އެތަން އިމާރާތްކޮށްފައިވަނީ ކެމްޕަހުގެ އުތުރު ފަރާތުގަ އެވެ.

ކްލާސް ރޫމް އިމާރާތުގައި ކެންޓީނަކާއި ލެބޯޓްރީއެއްގެ އިތުރުން ޕްރިޕަރޭޝަން ރޫމެއް ހިމެނޭއިރު އޮޑިޓޯރިއަމްއާއެކު މި ދެ އިމާރާތްތައް 198.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355