twitterviber whatsapp telegramfacebookyoutube instagram
24th August 2026

ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 30 ދަރިވަރަކު ސިއްޙީ ހިދުމަތްތެރިންގެ ވައުދުވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 21, 2019

ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 30 ދަރިވަރަކު ސިއްޙީ ހިދުމަތްތެރިންގެ ވައުދުވެއްޖެ އެވެ.

ސިއްހީ ހިދުމަތްތެރިންގެ ވައުދަކީ އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ވާން ޖެހޭ ވައުދެކެވެ. ސިއްހީ ހިދުމަތްތެރިން ވައުދުވުމަށް މިއަދު އެ ކެމްޕަހުގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

އެމްއެންޔޫ ސްކޫލް އޮފް ނާސިންގގައި ކިޔަވަމުންދާ މި 30 ދަރިވަރުންނަށް ވައުދު ލައި ދެއްވީ އެމްއެންޔޫގެ ފެކަލިޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ އެސޯސިއޭޓް ލެކްޗަރ އަލްއުސްތާޒް އަބުދުލްޤާދިރެވެ.

މިއަދު ހިދުމަތަށް ނިކުތް 30 ނަރުހުންގެ ތެރޭގައި 7 ފިރިހެން ނަރުހުންވެސް ހިމެނެ އެވެ. އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި މިހާރުވެސް 91 ދަރިވަރަކު ދަނީ ނާސިންގ ހަދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355