twitterviber whatsapp telegramfacebookyoutube instagram
21st June 2026

ޕިކަޕެއް ކޮންޓްރޯލް ނުކުރެވިގޮސް ހޮޅިދަނޑިއަކަށް އަރައިފި

ޚަދީޖާ އާދަމް
May 23, 2019
5

ކުޅުދުއްފުށީ އަމީނީމަގުން ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުކުރެވިގޮސް މަގު މެދުގައި ހުރި ހޮޅިދަނޑިއަކަށް އަރައިފި އެވެ.

މިއަދު ހެނދުނު 09:05 ހާއިރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް ޕިކަޕުގެ ކުރީ ކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އަދި ހޮޅިދަނޑި ވަނީ އެއްކޮށް ވެއްޓިފަ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މަޒިޔާ ޓްރޭޑާސް ކުރިމަތީގަ އެވެ. މި ސަރަހައްދުގައި ޕޮލިހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެކްސިޑެންޓްވި ވަގުތަކީ މަގުމަތީ މީހުން މަދު ވަގުތެއްކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355