twitterviber whatsapp telegramfacebookyoutube instagram
30th March 2026

ކުލަބް ކޮރަލްސްގެ "ކާނިވަލް ފީފާ ކިންގް"އަކަށް އަނީޒް

އަބްދުލް ވާހިދު ޙަސަން
May 23, 2019

ކުޅުދުއްފުށީ، ކުލަބް ކޮރަލްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ކާނިވަލް ފީފާ ކިންގް 2019" ގެ ޗެމްޕިއަންކަން މުހައްމަދު އަނީޒް އަބުދުﷲ ހޯދައިފި އެވެ.

އަނީޒް ޗެމްޕިއަންކަން ހޯދީ އަހުމަދު ސިމާޒްއާ ބައްދަލުކޮށް 2-0 ގޯލުންނެވެ. ކާނިވަލް ރެސްޓޯރެންޓްގައި ކުރިއަށްދިޔަ މި މުބާރާތުގައި 50 ކުޅުންތެރިޔަކު ވަނީ ވާދަކޮށްފަ އެވެ.

ފުރަތަމަ ނޮކްއައުޓް ކުޅެގެން 32 ކުޅުންތެރިންނަށް ކުޅުމަށްފަހު ދެން ކުޅުނީ 8 ގުރޫޕަކަށް ބަހާލައިގެން އެއްވަނަ އާއި ދެވަނަ، ދެވަނަ ބުރަށްދާ ގޮތަށެވެ.

ރޭ ކުޅުނު ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް ވަނީ ޓްރޮފީއާއި ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ. ޗެމްޕިއަންއަށް 1000 ރުފިޔާ، އަދި ރަނަރަޕަށް 500 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ކުލަބު ކޮރަލްސް އިސް އޮފިޝަލުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355