twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ނަޓެއްލާ ބުރެޑް

ނަބީލާ އިސްމާޢީލް
May 25, 2019

ބޭނުންވާ ތަކެތި:

  • 2/1 3 ޖޯޑު ފުށް
  • 2/1 ޖޯޑު ހަކުރު
  • 2/1 ޖޯޑު ހޫނު ފެން
  • 2/1 2 ޖޯޑު + 2 މޭޒުމަތީ ސަމުސާ ފުލްކުރީމް މިލްކް
  • 4/2 ބަޓާރ ( މެލްޓް ކޮށްފައި )
  • 2 މޭޒުމަތީ ސަމުސާ އީސްޓް
  • 1 މޭޒުމަތީ ސަމުސާ ލޮނު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • ނަޓެއްލާ
  • 1 ބިސް

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ބޯތައްޓަކަށް ހޫނުފެން އަޅާ އޭގެ ތެރެއަށް އީސްޓް އަދި 1 މޭޒުމަތީ ސަމުސާ ހަކުރު އަޅާފައި މަތީގައި ފޯމް ހެދެންދެން ބަހައްޓާލާށެވެ. ގާތްގަނޑަކަށް 5 ވަރަކަށް މިނެޓު އެވެ.

އެހެން ތައްޓެއްގައި ފުށް، މިލްކް، ވެނީލާ އެސެންސް، ބަޓާރ، ލޮނު އަދި ބާކީ ހުރި ހަކުރު ކޮޅު އެއަކޮށްލާށެވެ. އަދި ގިރުވި އީސްޓް ކޮޅު މަދު މަދުން އެއްކޮށްލާށެވެ. އެއަށްފަހު އެހެން ތައްޓެއްގެ ތެރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށް ފަހު އެ ތައްޓަށް ފުއްގަނޑުލުމަށްފަހު ސާފު ފޮތިކޮޅަކުން ނުވަތަ ޕުލާސްޓިކް ވުރެޕްއިން މަތި ބަންދުކޮށްލުމަށްފަހު 1 ނުވަތަ 2 ގަޑި އިރުވަންދެން ބަހައްޓާލާށެވެ.

ފުއްގަނޑު ނަގާ 2 ފުއްގުޅައަށް ވާގޮތަށް ބައި ކޮށްލުމައްފަހު ދިގު އަކައަށް ވާގޮތަށް ދަމާލާށެވެ. އަދި އެތެރޭގައި ނަޓެއްލާ އުނގުޅާލުމަށްފަހު ވަށްކޮށް އޮޅާލާށެވެ. އޮޅާލުމަށްފަހު ކޮޅުން ތަންކޮޅެއް ދޫކޮށްލުމަށްފަހު ވަޅިއަކުން މެދުން ފަޅާލާށެވެ. ނަޓެއްލާ ހޭކި ފަރާތް ބޭރަށްވާގޮތަށް އެއްފަޅި މަތި އަނެއްފަޅި ވާގޮތައް އޮޅާލުމަށްފަހު ޓްރޭއަކަށްލާށެވެ. އަދި މަތީގައި ބިސްކޮޅު އުނގުޅާލުމަށް ފަހު އަވަނަށްލާ 35 ނުވަތަ 40 މިނެޓް ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293