twitterviber whatsapp telegramfacebookyoutube instagram
17th June 2026

ސިޔާސީ ފާޓިތަކަށް ފައިސާދޭން ފިނޭންސަށް އަންގައިފި

ނަބީލާ އިސްމާޢީލް
May 26, 2019

10000 މީހުން ހަމަވާ 4 ސިޔާސީ ޕާޓީއަކަށް 26 މިލިއަން ރުފިޔާ ދޫކުރުމަށް އިލެކްޝަންސް ކޮމިސަނުން ފިނޭސް މިނިސްޓްރީއަށް އަންގައިފި އެވެ.

އެމްޑީޕީ، ޕީޕީއެމް، ޖުމްހުރީ ޕާޓީ އަދި އެމްޑީއޭއަށް ފައިސާ ދޫކޮށްދޭން ފިނޭސް މިނިސްޓްރީގައި އެދިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް އިލެކްޝަން ކޮމިސަންގެ މެމްބަރު އަހުމަދު އަކުރަމް ވަނީ ހާމަކޮށްފައެވެ.

އަކްރަމް އިތުރަށް ހާމަކުރެއްވި ގޮތުގައި ކުރިން ފައިސާ ދިނުން މަޑުޖައްސާލާފައިވާ ޕީޕީއެމްއަށް ފައިސާ ދޫކުރަން ނިންމާފައިވަނީ އެ ޕާޓީގެ ހުރިހާ ޖޫރިމަނާއެއް ދައްކާ ނިންމާފައިވާތި ކަމަށެވެ.

އެގޮތުން އެމްޑީޕީއަށް ދިނުމަށް ހަމަޖެހިފައިވަނީ 12.8 މިލިއަން ރުފިޔާއެވެ. ޕީޕީއެމްއަށް 9.3 މިލިއަންރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ޖުމްހޫރީ ޕާޓީއަށް 2.5 މިލިއަން ރުފިޔާ އަދި އެމްޑީއޭ އަށް ދިނުމަށް ހަމަޖެހިފައިވަނީ 2.03 މިލިއަނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355