twitterviber whatsapp telegramfacebookyoutube instagram
6th November 2025

ފުލުހުންގެ ވޭނެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

ޚަދީޖާ އާދަމް
May 26, 2019

ހއ. ހޯރަފުށީގައި ފުލުހުންގެ ވޭނެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު އެރަށު ބަނދަރު މަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނި ވިދާޅުވެފަ އެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ހެޑް ލައިޓާ ދިމާލުން ވޭނަށް ވަނީ ގެއްލުން ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355