twitterviber whatsapp telegramfacebookyoutube instagram
21st September 2026

މާލެ ސަރަހައްދުގެ ޕާކުތަކަށް ދިރާގުން ހިލޭ އިންޓަނެޓް ދީފި

ނަބީލާ އިސްމާޢީލް
May 26, 2019
1

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކުގައި ދިރާގުން ހިލޭ ވައިފައި ދޭން ހޮޓްސްޕޮޓްތައް ގާއިމުކޮށްފި އެވެ. މުޅި ރާއްޖެ ޑިޖިޓަލް ކުރުމުގެ ޕުރޮގުރާމުގެ ދަށުން ފެށިފައިވާ މަސައްކަތެކެވެ.

މިއަދު މި ހިދުމަތް އިފްތިތާހު ކުރުމަށް ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ އިސް ބައެއް ފަރާތްތަކުން ވަނީ ބައިވެރި ވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ފާހަގަކުރިގޮތުގައި އިންޓަނެޓަކީ މިހާރު ކޮންމެ މީހަކު ވެސް ބޭނުންކުރާ ހިދުމަތަކަށް ވާތީ އެ ކުންފުނީގެ ބޭނުމަކީ ރައްޔިތުންގެ އެ ބޭނުން ފުއްދައި ދިނުން ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި މީހުން ގިނައިން އެއްވާ ތަންތަނުގައި ވައިފައި ހޮޓްސްޕޮޓްތައް ބަހައްޓައި މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ހާމަކުރި އެވެ.

ޕާކުތަކަކީ ސްކޫލް ކުދިން ވެސް އައިސް އުޅޭ ތަންތަނަށް ވާއިރު އެ ހިދުމަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޝިފާ އިލްތިމާސްކުރެއްވި އެވެ.

ދިރާގުން މިއަދު ފަށާފައިވާ މި ހިދުމަތުގެ ދަށުން ދިރާގު ވައިފައި ހޮޓް ސްޕޮޓް ބޯޑު ހުންނަ ކޮންމެ ޕާކަކުން 30 މިނެޓަށް ހިލޭ ވައިފައި ބޭނުން ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293