twitterviber whatsapp telegramfacebookyoutube instagram
21st June 2026

ކުޑަ ދެ ކުދިންނާ ބެހުނު ފުލުހެއްގެ މައްސަލަ ބަލަނީ

ޚަދީޖާ އާދަމް
May 27, 2019
1

ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު ފުލުހެއްގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު އެވެ. ބަލަމުންދަނީ ފިރިހެން ފުލުހެއްގެ މައްސަލަ ކަމަށާއި، ނަމަވެސް އެ މައްސަލާގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށާއި ފުލުހުން މައުލުމާތު ދެއެވެ.

އެ ފުލުސް މީހާ އެހެން ފިރިހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ފެންމަތިވީ މިދިޔަ މާޗް 27 ވަނަ ދުވަހު ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

އެ އަމަލު އޭނާ ހިންގާފައި ވަނީ ނޯ ޕޭ ލީވެއްގައި ރާއްޖެ އިން ބޭރަށް ފުރުމުގެ ކުރިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު ދެވަނަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިއިރު ފުލުސް މީހާ ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލަ މިހާރު ދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355