twitterviber whatsapp telegramfacebookyoutube instagram
23rd September 2026

އަމިއްލަ ޖަމިއްޔާއަކުން ނެއްލައިދޫގައި އުޅޭ ބިދޭސީންނަށް ރޯދަ ވީއްލުމެއް ދީފި

އަބްދުލް ވާހިދު ޙަސަން
May 27, 2019

ހދ ނެއްލައިދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ "ނެއްލައިދޫ އަމީގޯސް އޮފް ޔޫތްގެ" ފަރާތުން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަ ވީއްލުމެއް ދީފި އެވެ. މި ރޯދަ ވީއްލުން ދީފައިވަނީ އިއްޔެ އެވެ.

ނެއްލައިދޫ އަމީގޯސް އޮފް ޔޫތަކީ މިއަހަރު އަލަށް ރަޖިސްޓްރީ ކުރެވުނު ޖަމިއްޔާ އެވެ. އެޖަމިއްޔާ އަންނަނީ ރަށުގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

އެޖަމިއްޔާގެ ރައީސް ހަސަން އަސްވަދު ކޭއޯއަށް ބުނީ މިއީ ރަށުގައި އުޅޭ ބިދޭސީން އެއްތާކުން ބައްދަލުވެ ގުޅުން ބަދަހިކޮށް އަދި ރޯދަމަހު މުސްލިމުންގެ އަޙުވަންތަކަން ހާމަކުރުމުގެ ގޮތުން ބޭއްވި ރޯދަ ވީއްލުމެއް ކަމަށެވެ.

މި ހަރަކާތުގައި އެރަށުގައި ދިރިއުޅޭ 60 ވުރެ ގިނަ މުސްލިމު ބިދޭސީން ބައިވެރިވި އެވެ. މިހަރަކާތުގެ ހުރިހާ ކަންކަމެއް ކޮށްފައިވަނީ ޖަމިއްޔާގެ ބައިވެރިންނެވެ. ރޯދަމަހު އެކި ރަށްރަށުގައި ދިރިއުޅޭ ބިދޭސީންނަށް އަންނަނީ އެކި ފަރާތްތަކުން ރޯދަ ވީއްލުން ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293