twitterviber whatsapp telegramfacebookyoutube instagram
14th June 2026

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
May 29, 2019

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެކަމަށް އާ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެމްބަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެކަމަށެވެ.

ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އަމީންއާމް މިރޭ މެމްބަރުންނަށް ފޮނުވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަނީ އަންނަ މަހުގެ 7-8 ކަމަށާއި ދަތުރުފުޅުގައި މަޖިލީހުގައި އެމަނިކުފާނު ތަޤްރީރުކުރައްވަން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހަންމަދު ސޯލިހް އެދިވަޑައިގަންނަވާ ކަމަށެވެ.

އެހެންވުމުން މިއަދު ހެނދުނު 9:00 ގައި ބާއްވާ ޖަލްސާގައި އެ މައްސަލައާ މެދު ގޮތެއް ނިންމާނެކަމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވި އެވެ. މޯދީގެ މި ދަތުރުފުޅަކީ އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355