twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ވިލާ ގޭސް ފުޅިއަށް ފައިސާ ދެއްކޭގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
May 29, 2019

އުރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް ފަސޭހަކަމާއި އެކު ވިލާ ގޭސް ފުޅިއަށް ފައިސާ ދެއްކޭ ނިޒާމެއް އުރީދޫ މޯލްޑިވްސް އާއި ވިލާ ގޭސް ގުޅިގެން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫގެ މި ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް ކަސްޓަމަރުންނަށް ގޭސް ފުޅި އޯޑަރކޮށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

މި ހިދުމަތް ތައާރަފްކޮށްފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ ޑެޕިްއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ރަޝީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާންގެ ބައިވެރިވުމާއި އެކު އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައި މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވި އުރީދޫގެ އަމާޒަކީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން އެމް-ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ހިދުމަތް ކަމަށާއި މި ޕްލެޓްފޯމުގު ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭސް އަށް މަރުހަބާ ކިޔައާ ކަމުގައެވެ. މިކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން އަދި ކޮންމެ ވަގުތެއްގައިވެސް ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް ފައިސާ ނަގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެވެ.

މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ. ހަމައެހެންމެ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތްވެސް ދައްކާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355