twitterviber whatsapp telegramfacebookyoutube instagram
19th January 2022

އަލާއްދީނަށް މިހާތަަނަށް 450 މިލިއަން ޑޮލަރު

Jun 3, 2019

ޑިޒްނީގެ އަލާއުއްދީން ކާޓޫންގެ މައްޗަށް ބިނާކޮށް އުފެއްދި އަލާއުއްދީންގެ ލައިވް އެކްޝަން ފިލްމަށް މިހާތަނަށް 450 މިލިއަން ޑޮލަރު ލިބިފައިވާ އިރު މި ފިލްމު ޕްރިމިއާ ކުރިތާ 3 ދުވަހުގެ ތެރޭގައި ބޮކްސް އޮފީހު ވަނީ ޖާގަ ހޯދައިިފި އެވެ.

ފުރަތަމަ 3 ދުވަހުގެ ތެރޭގައި 86 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވާއިރު މި ފިލްމު ދަނީ ކޮންމެ ދުވަހަކު 4،476 ތިއޭޓަރުގައި އަޅުވަމުންމެވެ. ތިއޭޓަރަކުން 19،263 ޑޮލަރު ފިލްމަށް ލިބެމުންދާއިރު މި ފިލްމު ހިމެނެނީ އެންމެ ގިނަ ތިއޭޓަރުގައި އެޅުވި ފިލްމުތަކުގެ ލިސްޓުގެ 3 ވަނައިގަ އެވެ.

އެގޮތުން ގިނަ ތިއޭޓަރުގައި އަޅުވާފައިވާ ފިލްމުތަކުގެ ލިސްޓުގެ އެއްވަނާގައި ވަނީ އެވެންޖާރސް: އެންޑް ގޭމެވެ. އަދި ދެވަނައިގަ ވަނީ ޑެސްޕިކަބަލް މީ 3 އެވެ.

މިދިޔަ ހުކުރުން ފެށިގެން އާދިއްތަ ދުވަހާ ހަމަ އަށް އެކަނިވެސް 91 މިލިއަން ޑޮލަރު މި ފިލްމުން ހޯދާފައިވާއިރު އެކި ގައުމުތަކުގެ ސިނަމާތަކުން 78.3 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

އަދި ކުރިއަށް އޮތްތަކުގައި މި ފިލްމު މިއަށްވުރެ ބޮޑު ފައިދާއެއް ހޯދާނެ ކަމަށް ބެލެވެނީ މިހާރުވެސް ގިނަ ގައުމުތަކެއްގައި މި ފިލްމު އަޅުވަމުން ދާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355