twitterviber whatsapp telegramfacebookyoutube instagram
3rd August 2026

77 ބައިވެރިންނާއެކު އުތީމް ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jun 1, 2019

ހއ އުތީމް ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުންއަންނަ ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަދު ފަށައިފި އެވެ.

މިއީ މި ޤުރުއާން މުބާރާތް ބާއްވަމުންދާތާ ފަސްވަނަ އަހަރެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ޤުރުއާން މުބާރާތް ކުރިއަށްގެންދަނީ ބޮޑެތި މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

އެގޮތުން 69 ސްކޫލް ދަރިވަރުންނާއި 8 ބޮޑެތި މީހުންވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް މިއަހަރު ކުރިއަށްގެންދަނީ ޑޮނާޑް އިންވެސްޓް ޕްރައިވެޓް ލިމިޑެޓްގެ އެހީތެރިކަމާއެކު އެވެ.

އެލްކޭޖީން ފެށިގެން ދަރިވަރުން ބައިވެރިވެފައިވާއިރު ވަނަ ހޮވުމަށް ނިންމާފައިވަނީ ތިން އުމުރުފުރާ އެކެވެ. އެއީ ކީސްޓޭޖް 2، ކީސްޓޭޖް 3 އަދި 4، ގެ އިތުރުން ބޮޑެތި މީހުންނެވެ. ފައުންޑޭޝަން ގުރޭޑްތަކުގެ ދަރިވަރުންގެ މެދުގައި ވަނަ ހޮވުމުގެ ބަދަލުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ހަދިޔާއަކާއި ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މުޅި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވައި އެ މަގާމުތަކަށްދާ ބައިވެރިންނަށް ފައިސާގެ އިނާމު ވަނީ ހުށަހެޅިފައި އެވެ. މިމުބާރާތް ކުރިއަށްދަނީ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ހޯލުގަ އެވެ.

މިއަހަރު އުތީމުގައި ވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮއްޕެއްވެސް ހުޅުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355