ކުޅުދުއްފުށީގައި މިއަހަރުވެސް ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ޒޯން ސްޓޭޑިއަމްގައި ކަމަށް ކައުންސިލުން ބުނެފި އެވެ. ސްޓޭޑިއަމްގެ އިތުރުން ހުކުރުކުރާ ފަސް މިސްކިތުގައިވެސް އީދު ނަމާދުކުރާނެ އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މިއަހަރުގެ ފިތުރު އީދު ނަމާދު ކުރުން މޫސުމް ތަންދޭނަމަ ބޮޑު ޖަމާއަތުގައި ކުރެވޭނީ ޒޯން ސްޓޭޑިއަމް ގައެވެ . އޭގެ އިތުރުން ހުކުރު ކުރާ ފަސް މިސްކިތުގައި އީދު ނަމާދު ކުރެވޭނެކަމަށެވެ.
"ކުޅުދުއްފުށީ ގައި އީދު ނަމާދު ކުރެވޭ މިސްކިތްތަކަކީ ހަޟާރަތު މިސްކިތާއި ހަސަނާތު މިސްކިތާއި ޖަމާއަތު މިސްކިތާއި ފިރުދައުސް މިސްކިތާއި ނޫރު މިސްކިތް .މޫސުން ތަންދޭނަމަ ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ޒޯން ސްޓޭޑިއަމްގަ" ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.
އިތުރަށް ރައީސް އަބްދުއްލަތީފް ވިދާޅުވީ ބޮޑު ޖަމާއަތުގައި ޒޯން ސްޓޭޑިއަމް މިއަހަރުގެ ފިތުރު އީދު ނަމާދު މޫސުން ތަންދޭ ގޮތުން ކުރެވުނަސް އަދި ނުކުރެވުނު ކަމުގައި ވިޔަސް ހުކުރު ކުރާ ފަސް މިސްކިތުގައި އީދު ނަމާދު ކުރެވޭނެކަމަށެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން ޖޫންމަހުގެ ހަތަރެއްވާ އަންގާރަ ދުވަހެވެ. ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.