twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހިތިފަތް ހިތިނަމަވެސް ނަތީޖާ ފޮނި

ނަބީލާ އިސްމާޢީލް
Jun 6, 2019

ރާއްޖޭގެ ރަށް ރަށުގައި މަދުން ނަމަވެސް ހައްދަމުން އަންނަ ހިތިގަހަކީ ހަމައެކަނި ހިޔާ ހެދި ހިތްހަމަޖެހުން ލިބޭ ގަހެއް ނޫނެވެ. ހިތިގަހުގެ ފަތަކީ ވަރަށް ގިނަފައިދާ އޭގެން ލިބޭ ފަތެކެވެ.

ހިތިގަހުގެ ގޮފިކޮޅުތަކަކީވެސް އޭގައި ފައިދާ ހިމެނޭ އެއްޗެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މީހުން ދަތްއުނގުޅުމަށްވެސް ހިތިގަހުގެ ގޮފިކޮޅުތަށް ބޭނުންކުރެއެވެ. އޭގައި އެކުލެވޭ އެންޓިބެކްޓީރިއަލް، އެންޓިފްލެމަޓޯރީ އަދި އެންޓިފަންގަލް ޕްރޮޕަޓީތަކުގެ ސަބަބުން ދަތްތަކަށް ދިމާވާ ގިނަ މައްސަލަތަކުން ދުރުކޮށްދީ ދަތްތަށް ދުޅަހެޔޮވުމަށް މަގުފަހިވެއެވެ.

ހިތިފަތަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ އެއްޗެށް ކަމާމެދު އެއްވެސް ފަރާތަކުން ޝައްކެތް ނުކުރާނެވެ. ހިތިފަތުގައިވާ ޖަރާސީމުތައް ނައްތާލާ ބާރުގެ ސަބަބުން ބޮލުގެ ހަނފޮޅުމާއި އިސްތަށިގެ ބުޑުތައް ވަރުގަދަވެއެވެ. އަދި މި ފަތުގައިވާ އެންޓިސެޕްޓިކް ޕްރޮޕަޓީސްގެ ސަބަބުން ހަށިގަނޑުގައިވާ ފާރުތައް ފައްސޭހަވުމަށް އަދި ލަކުނު ފިލުވުމަށް އެހީއަކަށް ވެއެވެ.

މި ފަތުގައި ހިމެނޭ ޑިޓްސިފައިންގެ ސަބަބުން އިންފެކްޝަން، ފާނަބަސަންދު، ހަމުގެ މައްސަލަތަށް އަދި މީގައިވާ ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމުގެ ބާރުގެ ސަބަބުން ހުންއަމުން ފަދަކަންތަކުން ދުރުކޮށްދެއެވެ.

ހިތިފަތަކީ ހަންގަނޑަށް ދިމާވާ އެކި އެކި މައްސަލަތަކުގެ ޝިފާއެއްގެ ގޮތުގައި ފެންކައްކައިގެން ފެންވެރުމަށް ބޭނުންކުރަން ވަރަށް ރަނގަޅު ފަތެކެވެ. އަދި މީގެ ދިޔަ ހަނގަޑުގައި ހޭކުމުން ހަނގަނޑު އޮމާވުމުގެ އިތުން ކުލަ އަލިކޮށްދެއެވެ. ހިތިފަތްކީ ހަކުރުބަލި، ލޭމައްޗަށްދިއުން ފަދަ ބަލިތަކަށް ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355