twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިއްސާރައިގައި ހާލުގައި ޖެހުނު ހަތަރު އާއިލާއެއް ވަގުތީ ހިޔާތަކަށް

އަބްދުލް ވާހިދު ޙަސަން
Jun 5, 2019

ކުޅުދުއްފުއްޓަށް އިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުވެ ހާލުގައި ޖެހުނު ހަތަރު އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ހޯދައިދީފި އެވެ. އިއްޔެގެ ވިއްސާރާގައި ގިނަ ގެތަކަށް ފެން ވަދެ ގެއްލުންވެފައިވާއިރު 6 ގެޔަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ދިރިއުޅެން ދަތިވާވަރަށް އެންމެ ބޮޑަށް ފެނުގެ އަސަރުކުރި ހަތަރު ގެޔަކުން އެހީތެރިކަމަށް އެދުނު ކަމަށެވެ. އަދި އެތަނުން ދެ ގެޔެއްގެ އާއިލާތައް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެހީއާއެކު ވަގުތީގޮތުން ގެސްޓްހައުންތަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

އަނެއް ދެ ގޭގެ އާއިލާތައް އަމިއްލައަށް އެދިގެން އެގެތަކުގެ އާއިލާ ގެތަކަށް ބަދަލުވި ކަމަށް ލަތީފް ވިދާޅުވި އެވެ. އާއިލާތަކުން މީހުން ބަދަލުކުރުމާއި ފެން ހުސްކުރުމުގައި ސިފައިންނާއި ފުލުހުންނާއި ފަބުލިކް ވޯކްސް އާއި ޑިޒާސްޓާ އާއި ރެޑްކުރެސެންޓާއި ކައުންސިލުން އަދި ބައެއް އާންމުންވެސް ބައިވެރިވެފައިވެ އެވެ.

މެޓް އޮފީހުން ބުނީ އިއްޔެ އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުއްޓަށް ކަމަށެވެ. އެއީ 123.7 މިލިލީޓަރުގެ ވާރެ އެވެ. އިއްޔެ ކުރި ވިއްސާރާގައި ކުޅުދުއްފުށިން އެންމެ ބޮޑަށް ގެއްލުންވި ކަމުގެ ރިޕޯޓްކޮށްފައިވަނީ ދިވަރުގެ، ދިގަލި، ފާހި އަދި ގްރޯސް ނަމަކަށް ކިޔާ ގެޔަކުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355