މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމްގެ ވިއްސާރަ ކުރިއަށް ސައުވީސް ގަޑި އިރުވެސް ރާއްޖޭގެ އެކި ހިސާބަށް ކުރާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރައިން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާއި އެގޮތުން މިއަދު ހެނދުނު 10:00 އިން މާދަމާގެ 10:00 އަށް ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއްރަށްތަކަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހުން އެކަށީގެންވޭ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެކަމަށްވެސް ލަފާ ކުރެވެ އެވެ.
ރާއްޖޭގެކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގދަވެފައި ކެރިގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެއެވެ.