twitterviber whatsapp telegramfacebookyoutube instagram
24th April 2024

މިދިޔަ އަހަރުގެ ޗެމްޕިއަން ބަލިކޮށް ބައިބަލާ ޗެލެންޖްގެ ތަށި ޓީމް އެލީޓް އުފުލާލައިފި

- މިސްޓަރ ބައިބަލާގެ މަގާމު ހޯދީ މަމްދޫހް އަބުދުލް ޝުކޫރެވެ

އަބްދުލް ވާހިދު ޙަސަން
Jun 8, 2019
2

މިދިޔަ އަހަރުގެ ޗެމްޕިއަން ސްޓޯން ބަލިކޮށް ކުޅުދުއްފުށީ ބައިބަލާ ޗެލެންޖްގެ ޗެމްޕިއަންކަން އެލީޓް ހޯދައިފި އެވެ. ޖުމްލަ ފަސް ޓީމު ބައިވެރިވި މި މިމުބާރާތުގެ ފައިނަލް މެޗު އޮތީ ރޭގަ އެވެ.

ސްޓޯން އަތުން އެލީޓް ޗެމްޕިއަންކަން ހޯދީ ދެ ގޭމްވެސް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ހާއްސަ މަގާމުތަކަށް ދިޔަ ކުޅުންތެރިންނަށް ރޭ ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ޗެމްޕިއަން ޓީމަށް 20،000ރ އަދި މިސްޓަރ ބައިބަލާއަށް ޖީއެން ސައިކަލެއް ހުށަހެޅުނު މި މުބާރާތުގެ މިސްޓަރ ބައިބަލާގެ މަގާމު ހޯދީ އެލީޓްގެ މަމްދޫހް އަބުދުލް ޝުކޫރެވެ.

މުބާރާތުގެ އެހެން ބައެއް ވަނަތަކަށް ބަލާއިރު ބެސްޓް ޑިފެންޑަރު މަގާމު ހޯދީ ސްޓޯންގެ ޝިރާން އަބުދުﷲ އެވެ. އަދި ބެސްޓް އެޓޭކަރގެ މަގާމު ލިބިފައިވަނީ ނަލަނަލަ ވިކާ ވިކާގެ ހަސަން ހުސެއިނަށެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން

  • އެލީޓް: މަމްދޫހް އަބުދުލް ޝުކޫރު
  • އެލީޓް: މުހައްމަދު ޒުފްޝާން
  • ނަލަނަލަ ވިކާ ވިކާ: ހަސަން ހުސެއިން
  • ސްޓޯން: ޝިރާން އަބުދުﷲ
  • ސްޓޯން: އަމްޖަދު ހަސަން

މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އާއި ތަށި އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ. މިސްޓަރ ބައިބަލާއަށް ޓްރޮފީ އާއި ޖީއެން ސައިކަލް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ހަވާލުކޮށްދެއްވިއިރު ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ.

މިއަހަރުގެ މިމުބާރާތުގެ މެއިން ސްޕޮންސަރ ސޯލްފިޓުން ނަގާފައިވާއިރު ކޯ ސްޕޮންސަރަކީ ލިޔާ ފިހާރަ އެވެ. މިއީ ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355