twitterviber whatsapp telegramfacebookyoutube instagram
12th August 2026

މާދަމާއިން ފެށިގެން ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށަނީ

އަބްދުލް ވާހިދު ޙަސަން
Jun 10, 2019
2

މާދަމާިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެ އެވެ. ހެނދުނުގެ ނާސްތާ ޕްރޮގުރާމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ދެވަނަ ޓާމް ފެށޭއިރު ނާސްތާ ޕްރޮގްރާމް ފަށާގޮތަށެވެ. ނަމަވެސް ދެވަނަ ޓާމް ފެށުނުއިރު ހަ ރޯދައާ ދިމާވުން މިނިސްޓްރީން ނިންމީ އަންނަ އަންގާރަ ދުވަހު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށަން ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންގާރަ ދުވަހު ހެނދުނު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހް ކުރެވިގެންދާނެ ކަމަށެވެ. ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް މާދަމާ ފަށާނެ އެވެ.

ދަރިވަރުންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ޔުނިސެފްގެ އެހީގައި މިނިސްޓްރީން ވަނީ ނާސްތާ ދިނުމަށް 10 މެނޫއެއް ތައްޔާރުކޮށްފަ އެވެ.

އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ތަފާތު ވައްތަރުގެ ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355