twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކޮޅިގަނޑެއްގައި ކުޅުދުއްފުށީގެ ބައެއް ގެތަކަށް ގެއްލުންވެއްޖެ

Jun 10, 2019
1

ކުޅުދުއްފުއްޓަށް ދެންމެއަކު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި ބައެއް ގެތަކަށް ގެއްލުންވެއްޖެ އެވެ. ގެޔެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާއިރު އިތުރު ގެޔެއްގެ ފުރާޅު އެއްލާލާފައިވެ އެވެ.

ކައުންސިލުން ބުނީ ކޮޅިގަނޑުގައި ގެއްލުންވިކަމުގެ ރިޕޯޓް ލިބުމާއެކު ކައުންސިލުން އެކަމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ސިފައިންނާއި ފުލުހުންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ދެންމެ އައި ކޮޅިގަނޑުގައި ގެއްލުންވިކަމުގެ ރިޕޯޓް އަދި ލިބިފައިވަނީ ދެ ގެޔަކުން ކަމަށެވެ. އެކަމަކު ކޭއޯއަށް މިހާތަނަށް އެނގިފައިވާގޮތުން ތިން ގެޔަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355