twitterviber whatsapp telegramfacebookyoutube instagram
14th January 2026

ފޭދޫގައި އީދު ފާހަގަކުރީ ޕްލާސްޓިކާ ދެކޮޅަށް، 1454 ކިލޯގެ ހުސްފުޅި ހޮވި

ޚަދީޖާ އާދަމް
Jun 10, 2019
3

އީދު ފާހަގަ ކުރުމަށް ށ ފޭދޫގައި ބޭއްވި ފުޅި ހޮވުމުގެ މުބާރާތުގައި 1454 ކިލޯގެ ފުޅި ހޮވައިފި އެވެ.

ޕްލާސްޓިކް ބޮޓަލްސް ކަލެކްޓިން ކޮމްޕެޓިޝަންގެ ނަމުގައި މިއަހަރު އީދު ފާހަގަ ކުރުމަށް ފޭދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ފޭދޫގެ އެންވަޔަރުމެންޓް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އެފްއީޑީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

އެ ޖަމިއްޔާގެ ރައީސް އިސްމާއިލް ފަޒީލް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ދެވަނަ އީދު ދުވަހު ހެނދުނު 09:00 ން 11:00 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ 10 މެންބަރުން ހިމެނޭގޮތަށް 10 ޓީމް ބައިވެރިވެފައިވާ ކަމަށާއި އެގޮތުން މިހާރު އެއްކުރެވުނު ފުޅިތަށް ޕާލޭއާ ގުޅިގެން ބޭރުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

މިމުބާރާތް ފެށުމަށް ބޭއްވި އިވެންޓުގައި ފެއާރމައުންޓް ސިއްރުފެންފުށި ރިސޯޓްގެ ބައެއް ވެރިން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން 1 ވަނައަށް ދިޔަ ޓީމަށް އެ ރިސޯޓުގެ ފަރާތުން ވަނީ މެންދުރުގެ ކެއުމެއް ދީފަ އެވެ.

ފޭދޫއަކީ ކުނިއެޅުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ހާއްސަކޮށް ކުޅިއެޅުމަށް ކުނި ކޮއްޓެއް ނެތުމަކީ ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެވެ.

މީގެ ކުރިންވެސް އެފްއީޑީއޭން ވަނީ ދިރާގާއި ގުޅިގެން ކްލީނިން ޕްރޮގްރާމެއް އެރަށުގައި ހިންގާފަ އެވެ. އެ ޕްރޮގްރާމުގައި އެއްކުރި ޕްލާސްޓިކް ވަނީ ޕާލޭއާއި ގުޅިގެން ބޭރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355