twitterviber whatsapp telegramfacebookyoutube instagram
17th September 2025

ކުޅުދުއްފުށީގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 10, 2019
2

ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓްވެއްޖެ އެވެ. މިއަދު ހަވީރު ގާތްގަނޑަކަށް 6 ޖަހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސިޓީ ގަރާޖު ކުރިމަތި، މެދުގައި ހުރި ހޮޅިދަނޑީގައި ޖެހިގެންނެވެ. މިހާދިސާގައި ކާރުގެ ކުރީ ކޮޅަށް ގެއްލުންވެފައިވާއިރު ހޮޅިދަނޑިވެސް ވަނީ ވަރަށް ބޮޑަށް އަރިއަޅާލާފަ އެވެ.

މިދިޔަ ރޯދަމަހުވެސް ކުޅުދުއްފުށީގައި ވަނީ މިފަދަ އެކްސިޑެންޓެއް ހިނގާފަ އެވެ. އެފަހަރުވެސް އެކްސިޑެންޓްވެފައިވަނީ އަމީނީމަގު ހުރި ހޮޅިދަނޑިއެއްގައި ޕިކަޕެއް ޖެހިގެންނެވެ. އެ ހާދިސާގައި ހޮޅިދަނޑި ވަނީ އެއްކޮށް ވެއްޓިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355