twitterviber whatsapp telegramfacebookyoutube instagram
16th August 2026

ދިއްދޫ ފްލެޓުތައް ދިނުމަށް ކުރި އިއުލާނަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައިފި

ޚަދީޖާ އާދަމް
Jun 11, 2019

ހއ ދިއްދޫގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅައި އެ ރަށު ކައުންސިލުން ކުރި އިއުލާނަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައިފި އެވެ. އެސީސީން އެރަށު ކައުންސިލަށް މިގޮތަށް އަންގާފައިވަނީ އިއްޔެއެވެ.

ދިއްދޫ ކައުންސިލުން އިއްޔެ ވަނީ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފަ އެވެ. އެ ފްލެޓްތަކަށް އެދި 389 މީހުން ފޯމް ހުށަހަޅާފައިވާއިރު އިއްޔެ އާއްމުކުރި ވަގުތީ ލިސްޓާއެކު ގިނަ ބަޔަކު ވަނީ ފްލެޓް ދެނީ އިންސާފުން ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދިއްދޫގައި އަޅާފައިވާ 250 ފްލެޓްގެ ތެރެއިން 135 ފްލެޓް ކުރީ ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. އަދި އިތުރު 110 ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވެ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް އަލުން މާކްސް ދީފަ އެވެ.

އެގޮތުން އެ ލިސްޓުގައި ކުރީ ސަރުކާރުން އިއުލާން ކުރިއިރު ފްލެޓް ލިބުނު ބައެއް މީހުންނަށް ފްލެޓް ނުލިބޭއިރު ކުރީގެ ލިސްޓުގައި ފްލެޓް ނުލިބުނު ބައެއް މީހުންނަށް އިއްޔެ އާއްމުކުރި ލިސްޓުގައި ފްލެޓް ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355