twitterviber whatsapp telegramfacebookyoutube instagram
5th May 2024

ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jun 11, 2019

ހއ އަތޮޅުގެ ރައްޔިތުންނަށް އިމިގުރޭޝަނުން ދެމުންގެންދާ ހިދުމަތްތައް ދިނުމަށްޓަކާ އެއަތޮޅުގެ ވެރިރަށް ދިއްދޫގައި މޯލްޑިވްސް އިމިގުރޭޝަންގެ އޮފީހެއް މިއަދު ހުޅުވައިފި އެވެ. މި އޮފީސް ހުޅުވައިދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުﷲ ވަހީދާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގުރޭޝަން މުހައްމަދު އަހުމަދު ހުސެއިންނެވެ.

ދިއްދޫ އިމިގުރޭޝަން އޮފީސް ހުޅުވައި ދެއްވާ އެރަށުން ދޫކުރެވޭ އެންމެ ފުރަތަމަ ޕާސްޕޯޓްވެސް ހަވާލުކޮށްދެއްވި އެވެ. މި ޕާސްޕޯޓް ހަވާލުކޮށްދެއްވީ ކޮންޓޯލަރެވެ. ދިއްދޫގައި ހުޅުވިގެން މިދިޔަ އިމިގުރޭޝަން އޮފީހަށް ޕާސްޕޯޓް ހެދުމަށް ހުށަހެޅުމާއި ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް އެ އޮފީހުން ބުނެ އެވެ.

ދިއްދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް މިއަދު ފެށިއިރު، މިއީ މާލެ ފިޔަވާ މިހިދުމަތް ދޭން ފެށުނު ހަތަރު ވަނަ އިމިގްރޭޝަން އޮފީހެވެ. މާލެ ފިޔަވާ ޕާސްޕޯޓްގެ ހިދުމަތް ލިބެނީ ކުޅުދުއްފުއްޓާއި ސ ހިތަދޫންނެވެ.

ހއ އަތޮޅުގައި އިމިގްރޭޝަންގެ ޙިދުމަތް ދޭން ފެށުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިދިޔަ މާރިޗު މަހު ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ.

ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސެއިން މަގާމާ ހަވާލުވެވަޑައިގެންވުމަށްފަހު، ލާމަރުކަޒީ ނިޒާމުގެ ދަށުން އިމިގުރޭޝަނުގެ ހިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށްޓަކާ ގިނަ މަސައްކަތެއް ކުރަމުންދާކަމަށް އިމިގުރޭޝަނުން މައުލޫމާތުދެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ އަމާޒަކީ އެ މުވައްސަސާއިން ދެމުންގެންދާ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަވެގެން ދާނޭގޮތަށް ބައްޓަންކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދީ މި ހިދުމަތް ފުޅާކުރުންކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355