twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރައީސް ސޯލިހްއަށް މިހާތަނަށް އަދި ބޭއްވުނީ ރަސްމީ 11 ކެބިނެޓް ބައްދަލުވުން

* އެކަމަކު ނުރަސްމީ ބައްދަލުވުންތައް ބާއްވާކަމަށް ބުނި
* 12 ވަނަ ބައްދަލުވުން ވަނީ މިއަދަށް ތާވަލުކޮށްފަ

Jun 12, 2019

ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، މިހާތަނަށް ބޭއްވިފައިވަނީ ރަސްމީ 11 ކެބިނެޓް ބައްދަލުވުން ކަމުގައި ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ މީޑިއާ ވައިބާ ގުރޫޕަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އޮފިޝަލެއް ވިދާޅުވީ މިހާތަނަށް ބޭއްވިފައިވަނީ ރަސްމީ 11 ބައްދަލުވުން ކަމަށާއި ނަމަވެސް ނުރަސްމީގޮތުން ކެބިނެޓްގެ މެމްބަރުންނާ ރައީސް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ދެން އޮންނަ ކެބިނެޓް ބައްދަލުވުން މިއަދު ބޭއްވޭނެ އެވެ. އެހެން ކަމުގައި ވިޔަސް، މިދިޔަ ދެދުވަހުވެސް ނުރަސްމީ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.

ސަރުކާރަށް ގާތްގަނޑަކަށް 7 މަސް ވާން ކައިރިވެފައި ވާއިރު، ބޭއްވިފައިވަނީ 11 ރަސްމީ ބައްދަލުވުންނަމަ އެއީ މަހަކު 2 ބައްދަލުވުމަށް ވުރެވެސް މަދު އަދަދެކެވެ. ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ނުހިންގާކަމަށާއި ސަރުކާރުގެ ދުވެލި ވަރަށް މަޑުކަމަށްބުނެ އެކިފަރާތްތަކުން އަންނަނީ މިދުވަސްކޮޅު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355