twitterviber whatsapp telegramfacebookyoutube instagram
4th May 2026

ބޮޑުތިލަދުންމަތީ ހިމެނޭގޮތަށް 11 ސަރަހައްދެއް ހިމާޔަތް ކުރަން ނިންމަވައިފި

ނަބީލާ އިސްމާޢީލް
Jun 12, 2019

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގުރާމެއްގެ ދަށުން ބޮޑުތިލަދުންމަތީ ހިމެނޭ ގޮތަށް 11 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފިއެވެ.

އެގޮތުން ހދ. އަތޮޅުން ފިނޭ ތިލަ އަދި އިންނަފުށި ވަނީ ހިމާޔަތް ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ހއ. ބިލެއްދޫ އާއި ގައްލަދޫ ތިލަ އަދި އެ އަތޮޅު ކެލާ ޗަސްބިމުގެ އިތުރުން ށ. އަތޮޅު ނާލާހުރާ އަދި ބޮލިއްސަފަރުގެ އިތުރުން ނ. އަތޮޅުގެ ފޮއްދިއްޕަރު، ބޮޑުޅައިމެންދޫ، ކެނދިކުޅުދޫ ކަނޑޫފާ، އަދި އޮރިމަސްތިލަ ވެސް ވަނީ ހިމާޔަތް ކުރުމަށް ނިންމާފަ އެވެ.

މި ސަރަޙައްދުތައް ކަނޑައެޅުއްވުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް)އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.

ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355